ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ އަދި ދިވެހި ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުނު ބިދޭސީއަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިއަދު ހެނދުނު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ އަދި ދިވެހި ފައިސާއާއެކު ބަނގްލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަމަށެވެ.
"އެއީ ބަނގްލަދޭޝްގެ ފިރިހެނެއް، އޭނާ އަތުން 86000 އަށްވުރެ ގިނަ ޑޮލަރު، 2400 އަށްވުރެ ގިނަ ޔޫރޯ އަދި ގިނަ 2000 އަށްވުރެ ގިނަ ދިވެހި ފައިސާ ފެނިފައިވޭ" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
އެ ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދާން އުޅުނީ ކޮން ގައުމަކަށްކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް