ޝެއަރ ނުކޮށް ޕޮޓޭޓޯ ޗިޕްސް ޕެކެޓެއް ހުސްކޮށްލި މައްސަލައިގާ ރުޅިގަދަވެ ލޯބިވެރިޔާގެ ގަޔަށް، އިނގިރޭސިވިލާތުގެ އަންހެނަކު ހައެއްކަފަހަރަށް ވަޅި ހަރައިފި އެވެ.
ޑެއިލީ މެއިލްގައި ވާގޮތުން މި ޖަރީމާ ހިންގާފައިވަނީ އުމުރުން 34 އަހަރުގެ ޑިއާން މާރގަރެޓް ކްލޭޓަން ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާގެ ލޯބިވެރިޔާގެ ކޮނޑަށް ހައެއްކަފަހަރު ވަޅި ހެރީ ކައިރީގައި ބައިންދައިގެން ކުރިމަތީގައި ޗިޕްސް ޕެކެޓެއް އެއްކޮށް ކައި ހުސްކޮށްލި މައްސަލައިގަ އެވެ.
އެ މައްސަލައިގާ އެކަން ކުރި ކަމަށް އެ އަންހެން މީހާ އެއްބަސްވެފައިވާއިރު ކޯޓުން ވަނީ 115 ޕައުންޑްގެ ޖޫރިމަނާއެއް އޭނާގެ މައްޗަށް ކޮށްފަ އެވެ. އަދި 26 ހަފްތާގެ ޖަލު ހުކުމެއްވެސް އިއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް