ރީތިކަމުން ޒުވާން އަންހެން ކުދިންނަށް އޮތް ބިރެއްގެ ބޮޑުކަމުން އެމިރޭޓްސް އަށް އުފަން ޒުވާނަކު ސައުދީން ބޭރުކޮށްލި ކަމަށްބުނެ ފެތުރި ވާހަކައަކީ އައުވާހަކައަކަށް ނުވާނެ އެވެ. ބައިނަލްއަގްވާމީ ފަލަ ސުރުހީގައި އެ ހަބަރު އޮތެވެ. އަނެއްކާވެސް މިއޮތީ އެ ޒުވާނާގެ ވާހަކަ އެވެ.
އެ ޒުވާނާ ކައިވެންޏެއް ކޮށް ދަރިއަކު ހޯދި ވާހަކަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮމަރް ބޮރްކާން އަލް ގާލާ ކައިވެނިކޮށްފައިވަނީ ސައުދީ ފެޝަން ޑިޒައިނަރަކާ އެވެ. އޭނާ ވަނީ އޭނާގެ އަންހެނުން ޔާސްމީން އަދި ދަރިފުޅު ދިޔާބް އާއި އެކު ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމްގައި ޝެއާރ ކޮށްފަ އެވެ.
2015 ވަނަ އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަސުރުހީން އޮމަރު ޖާގަހޯދީ އޭނާގެ ރީތިކަން ބިރަކަށްވުމުން ސައުދީން ބޭރުކޮށްލި ވާހަކައިންނެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގެއްކަން ފަހުން ވަނީ އެނގިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް