ރާއްޖެއިން ފުރައިގެން ދުބާއީ އަށް ދަތުރުކުރި ޕްރައިވެޓް ޖެޓެއް އެމަޖެންސީގައި މުސްކަޓްގައި ޖައްސައިފި

ރާއްޖެއިން ފުރައިގެން ދުބާއީއަށް ދަތުރުކުރަމުންދިޔަ، ޖަރުމަނުގެ ޕްރައިވެޓް ޖެޓެއް އެމަޖެންސީގައި އޮމާންގެ މުސްކަޓް އެއާޕޯޓްގައި ޖައްސައިފި އެވެ. އެ ޖެޓްގައި ނުވަ މީހަކު ދަތުރުކުރި ކަމުގައި ޓައިމްސް އޮ...

09 Jan 2017 | 04:45

ރާއްޖެއިން ފުރައިގެން ދުބާއީއަށް ދަތުރުކުރަމުންދިޔަ، ޖަރުމަނުގެ ޕްރައިވެޓް ޖެޓެއް އެމަޖެންސީގައި އޮމާންގެ މުސްކަޓް އެއާޕޯޓްގައި ޖައްސައިފި އެވެ. އެ ޖެޓްގައި ނުވަ މީހަކު ދަތުރުކުރި ކަމުގައި ޓައިމްސް އޮފް އޮމާންގައި ބުނެފައި ވެ އެވެ.

އޮމާންގެ ޕަބްލިކް އޮތޯރިޓީ ފޯރ ސިވިލް އޭވިއޭޝަން އާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ "އެމްއެޗްވީ640" ޖެޓް މުސްކަޓް އެއާޕޯޓްގައި އެމަޖެންސީގައި ލޭންޑްކުރީ އެ ޖެޓްގެ ވައަތްފަރާތު އިންޖީނަށް މައްސަލައެއް ދިމާވުމުން ކަމަށެވެ.

އެ ޖެޓް އަދިވެސް އޮތީ މުސްކަޓް އެއާޕޯޓްގައި ކަމަށާއި އެ ޖެޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ޓައިމްސް އޮފް އޮމާންގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް