މިސްރުގެ ރައްޔިތަކު އައިޑީކާޑު އާކުރަން ދިއުމުން ބުނީ އަހަރެއްކުރިން މަރުވެފައިވާ މީހެއް ކަމަށް !

ނިމިދިޔަ ހަފްތާގައި މިސްރުގެ ރައްޔިތަކު އޭނާގެ އައިޑީ ކާޑު އައު ކުރަން ދިއުމުން، އެއީ އަހަރެއް ކުރިން މަރުވެފައިވާ މީހެއް ކަމުގައި އައިޑީ ކާޑު ޑިޕާޓްމެންޓުން ބުނެފި އެވެ. މުސްތަފާ އަބްދެލް ލަތީފް އަލީ...

09 Jan 2017 | 04:41

ނިމިދިޔަ ހަފްތާގައި މިސްރުގެ ރައްޔިތަކު އޭނާގެ އައިޑީ ކާޑު އައު ކުރަން ދިއުމުން، އެއީ އަހަރެއް ކުރިން މަރުވެފައިވާ މީހެއް ކަމުގައި އައިޑީ ކާޑު ޑިޕާޓްމެންޓުން ބުނެފި އެވެ.

މުސްތަފާ އަބްދެލް ލަތީފް އަލީ ރަހްމާން ނަމަކަށް ކިޔާ މިންޔާ ޕްރޮވިންސަށް ނިސްބަތްވާ މި މީހާ އައިޑީކާޑު އައުކުރަން ދިޔައީ މުއްދަތު ހަމަވެފައި އޮންނަތާ ހަތް އަހަރު ފަހުން ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި ދިއުމުން، މަރުގެ ސެޓްފިކެޓްވެސް ދައްކާފައިވާކަމަށް އޭނާ ބުނެފައި ވެ އެވެ.

"މަރުގެ ސެޓިފިކެޓްގައި ލިޔެފައި އޮތީ އަހަރެން މަރުވީ 25 ނޮވެމްބަރު 2015ގައި ކަމަށް، އަދި އަހަރެން މަރުވި އިރު ހުރީ ހުސްހަށިބައިކޮށް ކަމަށް، ނަމަވެސް އަހަރެންގެ އަންބަކާއި ފަސް ދަރިން އެބަތިބި، އަހަރެން މަރުވީ އިސްލާމިއާގައި ކަމަށްވެސް ބުނެފައިވޭ، އެއީ އަހަރެން ދުވަހަކު ދިޔަ ހިސާބެއްވެސް ނޫން" މުސްތަފާ ބުނެފައި ވެ އެވެ.

މުސްތަފާ އިތުރަށް ބުނެފައިވަނީ ދިރިހުރިކަން ސާބިތުކޮށްދިނުމަށް މިސްރުގެ ހިއުމަން ރައިޓްސް ޑިޕާޓްމެންޓަށް ދިއުމަށް އައިޑީކާޑު ޑިޕާޓްމެންޓުން އޭނާއަށް އަންގާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް