މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް އެމެރިކާގެ ލަސް ވެގަސްގައި ކުރިއަށްދިޔަ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯގައި އަސުސް ވަނީ ފާހަގަކޮށްލެވޭ އުފެއްދުންތަކެއް ދައްކާލާފަ އެވެ. އަދި އެ އިވެންޓް ނިމުނުތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަސުސް އިން މިވަނީ އިތުރު އުފެއްދުމެއް ތައާރަފް ކޮށްފަ އެވެ.
މިފަހަރު ކާވްޑް ޑިސްޕްލޭ އެކެވެ. މި އުފެއްދުން ހާއްސަ ވަނީ ހަމަ އެކަނި ކާވްޑް ޑިސްޕްލޭއަކަށް ވާތީކީ ނޫނެވެ. ޑިސްޕްލޭއާއެކު ވަޔަރލެސް ޗާޖިންގ ޕެޑެއް ހިމަނާފައި ވުމުންނެވެ.
"ދަ ޑެޒިންގޯ ކާވް އެމްއެކްސް 38ވީކިއު" މޮޑެލްގެ މި ޑިސްޕްލޭގެ ސައިޒަކީ 37.5 އިންޗި އެވެ. ޑިސްޕްލޭ ރެޒޮލިއުޝަން އަކީ 3840×1600 އެވެ. މި ޑިސްޕްލޭގައި ހިމަނާފައިވާ ވަޔަރލެސް ޗާޖިން ޕެޑަކީ ކޮމްޕިއުޓަރު ބޭނުންކުރާއިރު ފޯނާއި އަދި އެހެނިހެން ވަޔަރލެސް ޗާޖްކުރެވޭ ޑިވައިސްތައް ފަސޭހައިން ޗާޖް ކުރުމުގެ ފަސޭހަކަން މި ޑިސްޕްލޭ ބޭނުންކުރާ ފަރާތްތަކަށް ދިނުމަށް ހިމަނާފައިވާ ބައެއް ކަމުގައި އަސުސް އިން ބުނެ އެވެ.
އަސުސް އިން ހާމަކޮށްފައިވާގޮތުގައި މި އުފެއްދުން ވިއްކަން ފަށާނީ މި އަހަރުގެ ތިންވަނަ ކުއާޓާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް