ފޯނު އުފެއްދުމުގައި އެއްމެ ކުރީގައި އުޅޭ އެއް ކުންފުނިކަމުގައިވާ ނޮކިއާ ބްރޭންޑްގެ އައު ސްމާޓްފޯނެއް އުފައްދާނެކަން މި އަހަރު ތެރޭގައި ލޯންޗް ކުރާނެކަން ހާމަކޮށްފި އެވެ. މި އުފެއްދުމަށް ދީފައިވާ ނަމަކީ "ނޮކިއާ 6" އެވެ.
ނަމަވެސް މި އުފެއްދުން ވިއްކާނީ ހަމައެކަނި ޗައިނާގައި ކަމަށްވެއެވެ.
މި ފޯނަކީ ސީދާ ނޮކިއާ ކުންފުނިން އުފައްދާ ފޯނެއްވެސް ނޫނެވެ. އެއީ ފިންލޭންޑްގެ ކުންފުންޏެއް ކަމުގައިވާ އެޗް އެމް ޑީ ގްލޯބަލް ކިޔާ ކުންފުންޏަކުން އުފައްދާ ފޯނެކެވެ. ނަމަވެސް ނޮކިއާ ފްލެގްޝިޕް ފޯނު އުފެއްދުމުގެ ހުއްދަ އެ ކުންފުންޏަށް އޮވެ އެވެ.
އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ "ނޮކިއާ 6" ސްމާޓްފޯނު މިއަހަރު ކުރީކޮޅު ޗައިނާގައި ވިއްކަން ފަށާނެ ކަމަށެވެ.
އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި ފޯނުގައި ބޭނުންކުރަނީ 2.5 ޑީ ގޮރިއްލާ ގްލާސް ޑިސްޕްލޭ އެކެވެ. ޕްރޮސެސަރ ޓެކްނޮލޮޖީ އަކީ ކުއަލްކޮމް ސްނެޕްޑްރެގަން 430 އެވެ. 4 ޖީބީގެ ރޭމް އެއް ހިމަނާފައިވާއިރު އިންޓަރނަލް މެމޮރީ އަކީ 64 ޖީބީ އެވެ. އޮޕަރޭޓިން ސިސްޓަމަކީ އެންޑްރޮއިޑް ނޯގަޓް އެވެ. ފަހަތު ކެމެރާގެ ރެސޮލިއުޝަން އަކީ 16 މެގަޕިކްސެލް އެވެ. އަދި ފްރޮންޓް ކެމެރާގެ ރެޒޮލިއުޝަން އަކީ 8 މެގަޕިކްސެލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް