އިރާގުގެ ވެރިރަށް ބަގްދާދުގައި މީހަކު ޖާނުން ފިދާވެ ކާރުބޮމެއް ގޮއްވާލައި 13 މީހަކު މަރާލައި 50 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލައިފި އެވެ. އިއްޔެގެ މި ހަމަލާގެ ޒިންމާ މިހާރު އައިއެސްއިން އުފުލާފައިވާއިރު މި ހަމަލާ ދީފައިވަނީ ބަގްދާދުގެ ކާރުބާރު ބޮޑު، ތަރުކާރީ ވިއްކާ މާރުކޭޓަކަށް އަމާޒު ކޮށެވެ.
އިރާގުގެ ފުލުހުންނާއި ހަވާލާދި ނޫސްތަކުގައި ބުނެފައިވަނީ ޝިއަޢީންގެ ޑިސްޓްރިކްޓެއް ކަމުގައިވާ ޖަމީލާގެ ތަރުކާރީ ވިއްކާ މާރުކޭޓަކަށް އަމާޒުކޮށް މި ހަމަލާ ދީފައިވަނީ އެ މާރުކޭޓުގައި މީހުން ގިނަ ވަގުތެއް ބަލައި މާރުކޭޓުގެ ތެރެއަށް ކާރު ވައްދައި ގޮއްވާލައިގެން ކަމަށެވެ.
މި ހަމަލާގެ ޒިންމާ އައިއެސްއިން އުފުލާފައިވާއިރު އައިއެސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާއަކީ ޝިއަޢީންގެ އެއްވުމަކަށް އަމާޒުކޮށް ދީފައިވާ ހަމަލާއެއް ކަމަށެވެ. މި ފަހަކަށް އައިސް އިރާގު އަދި ސީރިޔާގައި މިފަދަ ކާރުބޮމުގެ ހަމަލާތައް ދިނުން ވަނީ އިތުރުވެފަ އެވެ. އަދި މިފަދަ ހަމަލާތަކުގެ ޒިންމާ ގިނަފަހަރަށް އުފުލަނީ އައިއެސް ޖަމާއަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް