ސީއީއެސްގައި ސްމާޓް އެނދެއް ތައާރަފް ކޮށްފި !

މި މަހުގެ ތިނަކުން އަށަކަށް ކުރިއަށްދިޔަ ޓެކްނޮލޮޖީގެ އެއްމެ ބޮޑު އެއް ފެސްޓިވަލް ކަމުގައިވާ ކަންޒިއުމަރ އިލެކްޓްރޯނިކް ޝޯ(ސީއީއެސް)ގައި ސްމާޓް އެދެއް ތައާރަފް ކޮށްފި އެވެ. މި އެނދު ތައާރަފް ކޮށްފައިވ...

09 Jan 2017 | 02:31

މި މަހުގެ ތިނަކުން އަށަކަށް ކުރިއަށްދިޔަ ޓެކްނޮލޮޖީގެ އެއްމެ ބޮޑު އެއް ފެސްޓިވަލް ކަމުގައިވާ ކަންޒިއުމަރ އިލެކްޓްރޯނިކް ޝޯ(ސީއީއެސް)ގައި ސްމާޓް އެދެއް ތައާރަފް ކޮށްފި އެވެ.

މި އެނދު ތައާރަފް ކޮށްފައިވަނީ ސްލީޕް ނަމްބަރ ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނިން ތައާރަފްކުރި ސްމާޓް އެނދަށް ދީފައިވާ ނަމަކީ "360 ބެޑް" އެވެ.

ސީއީއެސްގައި މި އުފެއްދުން ދައްކާލާފައިވާއިރު ސްލީޕް ނަމްބަރ އިން ބުނެފައިވަނީ މި އެނދުގައި ނިދާފައި އޮންނައިރު އެމީހަކަށް އެއްމެ ފަސޭހަ ގޮތަކަށް މީހާ އަނބުރާލުމުގެ ގާބިލުކަން އެނދަށް ލިބިގެން ވާކަމަށެވެ. އަދި އެކަން އެނދު ދެނެގަންނަނީ އެނދުގައި ސެންސަރުތައް މެދުވެރިކޮށްކަމުގައި އެ ކުންފުނިން ބުނެ އެވެ. އެ ސެންސަރުތައް މެދުވެރިކޮށް ގުގުރިދަމާ މިންވަރާއި ނޭވާ ލާ މިންވަރު އަދި ހާޓްރޭޓް މޮނީޓަރ ކުރެވެމުން ދާނެ ކަމުގައިވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

މި އެނދުގައި މައިގަނޑު ތިން ފަށަލައެއް ހިމެނޭއިރު އެއްމެ ދަށުގައި ހިމެނޭ ފަށަލައަކީ ހުރިހާ ޓެކްނޮލޮޖީއެއް ހިމަނާފައިވާ ފަށަލަ އެވެ. ދެވަނަ ފަށަލައިގާ ހިމަނާފައިވަނީ އެއާ ޗެމްބަރ އެކެވެ. އަދި ތިންވަނަ ފަށަލައިގާ ހިމަނާފައިވާ ކުޝަން އަކީވެސް ހާއްސަ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ ކުޝަން އެއްކަމުގައި އެ ސްލީޕް ނަމްބަރ އިން ހާމަކޮށްފައި ވެ އެވެ.

އެ ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި އުފެއްދުން މާކެޓްކޮށް ވިއްކަން ފަށާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ. އަގު 4000 ޑޮލަރަށްވުރެ ބޮޑު ނުވާނެކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް