އިޒްރޭލުގެ ވެރިރަށް އޫރުސަލީމްގައި ފަލަސްތީނުގެ ރައްޔިތަކު ދުއްވި ބަހަކުން ޖައްސައި އިޒްރޭލުގެ ހަތަރު ފުލުހަކު މަރާލައި 15 މީހަކު ޒަހަމް ކޮށްލައިފި އެވެ.
އިއްޔެ ހިންގި މި ހާދިސާއަކީ މި ފަހަކަށް އައިސް އިޒްރޭލުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން އެއްމެ ނުރައްކާތެރި ހަމަލާ ކަމުގައި އިޒްރޭލުން ބުނެ އެވެ.
މި ހާދިސާ ފެންނަ ވީޑިއޯ ފުޓޭޖަކަށް ބަލާއިރު ފެންނަނީ މީހުން ގިނަވެފައިވާ ސަރަހައްދަކަށް ބާރު ސްޕީޑްގައި ބަހެއްގައި މީހަކު އައިސް ވަދެގަންނަތަނެވެ. އަދި އެތައް ބައެއްގެ ގައިގާ ޖައްސައި މަޑުނުކޮށް ދާން މަސައްކަތްކުރާތަނެވެ.
އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ކޮންމެވެސް ވަރަކަށް އިޒްރޭލު ސިފައިން ތިބި ކަމަށާއި އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި އެ ބަސް ޑްރައިވަރު މަރާލާފައިވާކަމަށް އިޒްރޭލުގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް