އިރާނުގެ ކުރީގެ ރައީސް ރަފްސަންޖާނީ އަވަހާރަވެއްޖެ

އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝެމީ ރަފަސަންޖާނީ، އިއްޔެގެ ވަގުތެއްގައި އަވަހާރަވެފައިވާކަމުގައި އެގައުމުން ރިޕޯޓް ކޮށްފި އެވެ. އެ ގައުމުގެ ނޫސް އެޖެންސީ އެއް ކަމުގައިވާ އިސްނާ އިން އިއްޔެ ރިޕޯޓްކޮ...

09 Jan 2017 | 01:42

އިރާނުގެ ކުރީގެ ރައީސް އަކްބަރު ހާޝެމީ ރަފަސަންޖާނީ، އިއްޔެގެ ވަގުތެއްގައި އަވަހާރަވެފައިވާކަމުގައި އެގައުމުން ރިޕޯޓް ކޮށްފި އެވެ.

އެ ގައުމުގެ ނޫސް އެޖެންސީ އެއް ކަމުގައިވާ އިސްނާ އިން އިއްޔެ ރިޕޯޓްކޮށްފައިވާގޮތުގައި ރަފްސަންޖާނީ އަވަހާރަވެފައިވަނީ ހާޓް އެޓޭކެއް ޖެހިވަޑައިގެންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ. ރަފްސަންޖާނީ ވަނީ 3 އޯގަސްޓް 1989 އިން 3 އޮގަސްޓް 1997 އަށް އިރާނުގެ ރައީސްކަން ކުރައްވާފަ އެވެ.

ރަފްސަންޖާނީއަށް ފަސް ދަރިކަލުން ލިބިވަޑައިގެންފައިވާއިރު މެހްދީ ނަމަކަށްކިޔާ ދަރިކަލަކު އަންނަނީ ޖަލުގައި 10 އަހަރުގެ ހުކުމެއް ކަޑައްތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް