މެދުއިރުމަތީގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުން އިރާގުގެ މޯސުލްގައި 1200 އަށްވުރެ ގިނަ ޔަޒީދީން ރަހީނުކޮށްގެން ގެންގުޅެމުން އަންނަ ކަމުގައި މޯސުލް ޑިސްޓްރިކްޓްގެ ގަވަރުނަރު ބުނެފި އެވެ.
އެ ޑިސްޓްރިކްޓްގެ ގަވަރުނަރު މަހްމާ ހަލީލް ބުނެފައިވަނީ ރަހީނުކޮށްފައިވާ ޔަޒީދީން ނިސްބަތްވަނީ ތަލް އަފާރު ޑިސްޓްރިކްޓާއި އަލް ބާޖްް ޑިސްޓްރިކްޓަށް ކަމަށެވެ.
ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން އަދި މި އަހަރު ތެރޭގައި މިނިވަންކަން ހޯދައިދެވިފައިވަނީ ހަތަރުވަރަކަށް މީހުންނަށް ކަމަށާއި އިރާގުގެ ހަނގުރާމަވެރިންގެ މަސައްކަތުން ނިމިދިޔަ 2016 ވަނަ އަހަރު 2700 އަށްވުރެ ގިނަ ޔަޒީދީން އައިއެސްގެ އަތްދަށުން ސަލާމަތް ކޮށްފައިވާކަމުގައިވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
ޔަޒީދީންނަކީ ކުރުދީންގެ ދީނަށް ނިސްބަތްވާ ބަޔަކަށް ކިޔައ އުޅޭ ނަމެކެވެ. ޔަޒީދީން ނޭ ކިޔުނު މީހުންނަކީ ދީންތަކެއް މަޝްހުނިކޮށްގެން އުޅޭ ބައެއް ކަމަށްވެސް ބުނެ އުޅެތެވެ. މި ދަރިފަސްކޮޅު އިރާގު، ޖަރުމަނު، ސީރިޔާ އަދި ރަޝިޔާގައިވެސް ދިރިއުޅެ އެވެ. އިރާގުގައި ޔަޒީދީންގެ އާބާދީ އަކީ ގާތްގަނޑަކަށް ހަ ލައްކަ ފަންސާސް ހާހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް