އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލް ލިޓަރަކުން 1.75 ރ ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 1.75 ރ ހެޔޮކޮށްފި އެވެ. މި ބަދަލާއެކު ކުރިން 14.12ރ އަށް ވިއްކަމުންއައި ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަމުން އަންނަނީ 12.37 އަށް ކަމަށާއި އަދި ކުރިން 14...

09 Jan 2015 | 14:17

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން 1.75 ރ ހެޔޮކޮށްފި އެވެ.

މި ބަދަލާއެކު ކުރިން 14.12ރ އަށް ވިއްކަމުންއައި ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަމުން އަންނަނީ 12.37 އަށް ކަމަށާއި އަދި ކުރިން 14.08 އަށް ވިއްކި ޑީސަލް ލިޓަރެއް މިހާރު ވިއްކަމުންދަނީ 12.33 ރ އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ފަހަކަށް އައިސް އެސްޓީއޯއިން ތިން ފަހަރެއްގެ މަތިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފައިވާއިރު މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތަފާތު ސަބަބުތަކާ ހެދި ތެލުގެ އަގު އަންނަނީ ހެޔޮވަމުންނެވެ.

ފަހުގެ އަގުތަކަށް ބަލާއިރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 50 ޑޮލަރަށް ވުރެ ދަށަށް ވެއްޓިފަ އެވެ. މިއީ ތެލުގެ އަގު 2009 ވަނަ އަހަރަށް ފަހު މި ވަރަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މި އަހަރު ފެށުނު އިރު ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 50 ޑޮލަރުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް