އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ހަތަރު ފަހަރު ޔާޔާ ޓޯރޭއަށް

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗަސްޓަރ ސިޓީގެ މިޑްފީލްޑަރ ޔާޔާ ޓޯރޭއަށް ލިބިއްޖެއެވެ. ވޭތުވެދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޔާޔާ ޓޯރޭއަށް ލި...

09 Jan 2015 | 05:34

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް މެންޗަސްޓަރ ސިޓީގެ މިޑްފީލްޑަރ ޔާޔާ ޓޯރޭއަށް ލިބިއްޖެއެވެ.

ވޭތުވެދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޔާޔާ ޓޯރޭއަށް ލިބުމާއެކު ޓޯރޭ ވެފައިވަނީ މި އެވޯޑް ޖެހިޖެހިގެން ހަތަރުފަހަރު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޓޯރޭ މަގާމަށް ނޮމިނޭޓް ވެފައިވަނީ ސިޓީއަށް ލީގު އަދި ލީގު ކަޕް ހޯދާދިނުމުގެ އިތުރުން އޭނާގެ ގައުމު އައިވޮރީ ކޯސްޓް 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފްނޭޝަންސްއަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރުމުންނެވެ.

ޔާޔާ ޓޯރޭގެ އިތުރުން ދެން މިމަގާމަށް ވާދަކޮށްފައިވަނީ ގާބޮންގެ ސްޓްރައިކަރ އޮބަމަޔާންގް އަދި ވާރލްޑް ކަޕްގައި މޮޅު ކުޅުމެއްދެއްކި ނައިޖީރިޔާގެ ކީޕަރ އެންޔިއާމާއެވެ.

ޓޯރޭވަނީ ފީފާ ބެލޮންޑިއޯއަށް ފުރަތަމަ ޝޯރޓްލިސްޓްކުރި ކުޅުންތެރިންގެ ލިސްގައިވެސް ހިމެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް