އިލްމުވެރިންވަނީ އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައި، ފުރައްސާރަކުރަންޖެހޭ ސަބަބެއް ނެތް: އިސްލާމިކް މިނިސްޓަރު

އިލްމުވެރިންވަނީ އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައި ކަމަށާއި އަދި އިލްމުވެރިންނާ ދިމާލަށް ފުރައްސާރަކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު ވިދ...

08 Jan 2015 | 19:14

އިލްމުވެރިންވަނީ އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައި ކަމަށާއި އަދި އިލްމުވެރިންނާ ދިމާލަށް ފުރައްސާރަކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

https://twitter.com/Mohamedshaheem1/status/553262893253140480

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. މިނިސްޓަރު މިހެން ޓްވީޓް ކުރައްވާފައި މިވަނީ މިހާރު މާލޭގައި ކުރިއަށްދާ ޝޯއާ ދިމާކޮށް މިނިސްޓަރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވަނިކޮށެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މިނިސްޓަރު ތިން ޓްވީޓެއް ކުރައްވާފައިވާއިރު އެއް ޓްވީޓްގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން އެ މިނިސްޓްރީގެ ވާޖިބު އަދާކުރުމުގައި ދެމިތިބޭނެ ކަމަށާއި ދަރުސްތައް އިތުރު ކުރާނެ ކަމަށެވެ. އަދި ހެޔޮކަންކަމަށް ބާރު އަޅާނެ ކަމަށެވެ.

https://twitter.com/Mohamedshaheem1/status/553263517483036673

ތިންވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމީ ސަގާފަތާއި އަގީދާ ދިރުވަން ގިނަގުނަ މަސައްކަތްތަކެއް ކެތްތެރިކަމާއެކު ކުރަން ޖެހޭކަން ވަރަށް ބޮޑަށް ސާފު ކަމަށެވެ.

https://twitter.com/Mohamedshaheem1/status/553263196983656449

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް