ފަނޑިޔާރަކު ރަހީނުކުރި ޕާޓީ ގާނޫނު އަސާސީގެ ދިފާއުގައި ނިކުތުމަކީ ގާނޫނު އަސާސީއަށް ކުޑައިމީސްކުރުން ކަމުގައި ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ޝުޖާއު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީ އޮޅާލާފަ ފަނޑިޔާރަކު ހިފާ ރަހީނު ކުރި ޕާޓީ މީހުން ޤާނޫނު އަސާސީ ދިފާއުގައޭ ބުނުމަކީ ޤާނޫނު އަސާސީއަށް ކުޑާމީސް ކުރުން.ޤާނޫނު އަސާސީގެ ދިފާއުގައޭ MDP ބުނުމަކީ ނުގުޅޭ ކަމެއް ކަމަށެވެ.
"ޤާނޫނު އަސާސީއަށް އިހްތިރާމް ކުޑަކުރި ބަޔަކު ނުކުމެ ޤާނޫނު އަސާސީގެ ދިފާއުގައޭ ބުނުމަކީ، ޤާނޫނު އަސާސީއަށް މަލާމާތް ކުރުން.އެއަސާސީ ތިބޭފުޅުން ދަނޭ، އެއަސާސްތައް ދިފާއު ކުރެވޭނީ އެއަސާސްތަކަށް ކަމޭހިތާ ބަޔަކަށް، އެބަޔަކީ އަޅުގަނޑުމެން" ޝުޖާއު ވިދާޅުވެފައިވެއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު އަންގާރަ ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށް އެމްޑީޕީއިން އަންނަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް