މި އަހަރު ތެރޭގައި 655 ކިލޯގެ ޑްރަގު އަތުލައިގަނެވިއްޖެ: ރައީސް

މި ހިނގާ 2024 އަހަރު ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިކަން ހިއްސާކުރެއްވީ އަރިއަތޮޅު އުތުރުބުރިއާ މާލެ ...

08 Dec 2024 | 11:00

މި ހިނގާ 2024 އަހަރު ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިކަން ހިއްސާކުރެއްވީ އަރިއަތޮޅު އުތުރުބުރިއާ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އއ ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ.

އެ ބައްދަލުވުމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ތަންތަން ބަލައިފާސްކުރުމުގެ އޮޕަރޭޝަން ވަރަށް ބޮޑަށް ފުޅާކޮށްފައިވާ ކަމަށެވެ.

އެގޮތުން މި އަހަރު ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 13،430 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2022 ވަނަ އަހަރު 8581 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"މި އަހަރު 655 ކިލޯގެ ޑްރަގު ކޮންފިސްޓިކޭޓް ކޮށްފިން. އެތަކެތި ނައްތާލައިފިން، ނައްތާލަނީވެސް ނޫސްވެރިންގެ ކުރިމަތީގައި، މިދިޔަ އަހަރު 2023 ގެ ނޮވެމްބަރާ ހަމަޔަށް ކޮންފިސްޓިކޭޓް ކޮށްފައިވަނީ އެންމެ 113 ކިލޯ" މިއަހަރު އަތުލައިގަތް މަސްތުވާތަކެއްޗަކީ މިދިޔަ އަހަރާއި އަޅައިބަލާއިރު ހަ ގުނަ އިތުރު އަދަދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އަތުލައިގަތް މަސްތުވާތަކެތީގެ އަގު 256 މިލިއަނަށް އަރާއިރު، މި އަހަރުގެ މިހާތަނަށް އަތުލައިގެން މަސްތުވާތަކެތީގެ އަގު 1.3 ބިލިއަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް