އަންހެނުންނަށް ޚާއްސަ ކޮށްގެން ކުދި، އަދި މެދު ފަންތީގެ ވިޔަފާރި ތަމްރީނުތަކެއް ފަށަނީ

އަންހެނުންނަށް ޚާއްސަކޮށްގެން “އެމްޕަވަރިން ވިމެން އޮންޓްރަޕްރިނިއަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން” ގެ ނަމުގައި ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ދަސްކޮށްދޭ ތަމްރީނުތަކެއް ފަށަން މިނި...

08 Dec 2024 | 05:56

އަންހެނުންނަށް ޚާއްސަކޮށްގެން “އެމްޕަވަރިން ވިމެން އޮންޓްރަޕްރިނިއަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން” ގެ ނަމުގައި ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރަން ދަސްކޮށްދޭ ތަމްރީނުތަކެއް ފަށަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނިންމައިފިއެވެ.

މި ތަމްރީނުތަކަކީ އދ. ގެ އޭޝިއާ ޕިސިފިކްގެ އިގްތިސާދީ އަދި އިޖުތިމާއީ ކޮމިޝަން (ޔޫއެން އެސްކެޕް)ގެ އައި.ސީ.ޓީ ތަރައްޤީ ކުރުމާބެހޭ އޭޝިއާ ޕެސިފިކް ސެންޓަރ (އޭ.ޕީ.ސީ.އައި.ސީ.ޓީ) އާ ގުޅިގެން އެ މިނިސްޓްރީން، ރާއްޖޭގައި ކުދި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ އަންހެނުންނަށް ހާއްސަކޮށް ވިޔަފާރި ތަރައްގީކޮށް ފުޅާ ކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ތަމްރީނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިޔަފާރި ތަރައްޤީކޮށް ފުޅާކުރެވޭނެ މުހިންމު ގޮތްތަކެއް ދަސްކޮށްދޭ މުޅި މި ތަމްރީނު ކުރިއަށްދާނީ އިނގިރޭސިން ކަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވެއެވެ.

  • ތަމްރީނުތައް ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ 14 އިން 16 އަށް
  • ދިއުމަށް ހަމަޖެހިފައިވާ މި ތަމްރީނުގައި ބައިވެރިވާން އެދޭ ފަރާތްތަކުން https://forms.gle/Mz1wrLnWoV2ZCyQ89 ލިންކު މެދުވެރިކޮށް ރެޖިސްޓްރީކުރެވޭނެ.
  • ތަމްރީނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 9 ޑިސެމްބަރު 2024
  • މި ތަމްރީނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސީނިއާ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އައިޝަތު އަފާ 7460002

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް