އުރީދޫއިން ބިޒީ ހަފްތާއެއްގެ މަސައްކަތް ނިންމާލީ ތަފާތު ގޮތަކަށް!

އުރީދޫ އަކީ އަބަދުވެސް ތަފާތު ކަންކަން ކުރާ ކުންފުންޏެވެ. އެ ކުންފުނީގެ ކަސްޓަމަރުންނާއި ދިވެހިންނާއި ގުޅޭ އެތައް ހަރަކާތްތަކާއި ކަންކަން ހިންގާއިރު މުވައްޒަފުންގެ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާ...

08 Dec 2022 | 17:54

އުރީދޫ އަކީ އަބަދުވެސް ތަފާތު ކަންކަން ކުރާ ކުންފުންޏެވެ.

އެ ކުންފުނީގެ ކަސްޓަމަރުންނާއި ދިވެހިންނާއި ގުޅޭ އެތައް ހަރަކާތްތަކާއި ކަންކަން ހިންގާއިރު މުވައްޒަފުންގެ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން ކުޅިވަރު ހަރަކާތްތަކާއި ކެއުންތަކާއި ތަފާތު މުނާސަބު ފާހަގަ ކުރުން ހިމެނެ އެވެ.

އެކަމަކު މިހަފްތާގައި އުރީދޫ މުވައްޒަފުންގެ މަސައްކަތް ނިންމާލީ އެހެން އޮފީސްތަކުގައި ނުކުރާ، ތަފާތު ކަމެއް ކޮށްލައި، މުވައްޒުންގެ ގުޅުން ބަދަހިކޮށްލާފައި އެވެ.

އޮފީހަށް ދިޔަ އިރު މިއަދު މުވައްޒަފުން ދިޔައީ ލޯބިން ގޭގައި ގެންގުޅޭ ޕެޓް ގޮވައިގެންނެވެ. އޭގެ ތެރޭފައި ބުޅަލާއި ތަފާތު ވައްތަރުގެ ގުރާ ހިމެނެ އެވެ.

ލޯބިން އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ވިސްނުންތަކާއި ދުރުކޮށްދީ ހިތްހަމަ ޖެހުން ގެނެސްދޭ ކަމެެވެ. އުރީދޫއިން ބުނީ މުވައްޒަފުން ގެންގުޅޭ ޕެޓްތައް އޮފީހަށް ގެންގޮސް އުފާވެރި ވަގުތުތަކެއް މުވައްޒަފުން ހޭދަ ކުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް