މަަސްވެރިންގެ ދުވަހަށް ރައީސް ސޯލިހު ފަރެސްމާތޮޑާއަށް ވަޑައިގެންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ގދ. ފަރެސްމާތޮޑާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއް...

08 Dec 2022 | 17:16

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ގދ. ފަރެސްމާތޮޑާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ރައީސް ޞާލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހު ބާއްވާ ހަރަކާތްތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އެ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންނަވާނީ ހޯމަ ދުވަހު އެވެ. އަދި ހަމަ އެ ދުވަހު ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ދައުވަތަކަށް އެ ގައުމަށް ފުރާވަޑައިގެންނަވާނެ އެވެ

ރައީސް ގަތަރަށް ކުރައްވާ ދަތުރުފުޅަކީ ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗެއް ބައްލަވާލެއްވުމަށް ދެއްވި ދައުވަތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ޓިކެޓް ހަމަޖައްސަވަނީ ރައީސް އަމިއްލަ ފުޅަށް ކަމަށާއި، ހޮސްޕިޓަލިޓީ ކަންކަމާއި މެޗުގެ ޓިކެޓްގެ ހަރަދު ހަމަޖައްސަނީ ގަތަރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް