ވެމްކޯގެ މަގު ކަހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭނަމަ ސިޓީ ކައުންސިލުން ފުރުސަތު ދެނީ!

ވެމްކޯގެ މުވައްޒަފުންގެ ތެރެއިން މާލެ އާއި ވިލިމާލޭ މަގު ކުނިކަހާ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނަމަ މާލޭ ސިޓީ ކައުންސިލުގެ އެ މަސައްކަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފި އެވެ. މާލޭ މަގުމަތި ސާފު ...

08 Dec 2022 | 06:03

ވެމްކޯގެ މުވައްޒަފުންގެ ތެރެއިން މާލެ އާއި ވިލިމާލޭ މަގު ކުނިކަހާ މުވައްޒަފެއްގެ ވަޒީފާ ގެއްލޭނަމަ މާލޭ ސިޓީ ކައުންސިލުގެ އެ މަސައްކަތަށް ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފި އެވެ.

މާލޭ މަގުމަތި ސާފު ކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ހަވާލުކޮށްފައި އޮތީ ވެމްކޯ އާއި އެވެ. އެކަމަކު އެ އެއްބަސްވުމުން ގެއްލުންވެ މަގުމަތި ސާފު ނުވާ ކަމަށްބުނެ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުން އާ ނުކުރަން ނިންމާފައި އެވެ.

ދެ ފަރާތުގައި ދެމެދުގައި ވެފައިވާ އެއްބަސްވުން މިމަހުގެ26 ގައި ހަމަވާނެ އެވެ. ވެމްކޯއިން ވަނީ އެއްބަސްވުން އާ ނުކުރާނަމަ އެ ކުންފުނީގެ މަގުމަތި ކަހާ މުވައްޒަފުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަގުމަތި ކުނިކަހާ މީހުންގެ ތެރެއިން މީހެއްގެ ވަޒީފާ ގެއްލޭނަމަ އެކަން ސިޓީ ކައުންސިލަށް އެންގުން އެދޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ މީހުންނަށް ވަޒީފާގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިމަހުގެ26 ން ފެށިގެން މާލޭގެ ޕާކުތަކާއި މަގުތައް އަދި މައިޒާންތައް ކުނިކަހައި ސާފު ކުރާނީ އެ ކައުންސިލްގެ މުވައްޒަފުން ކަމަށެވެ. އެ ތަންތަން ސާފު ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ޒިންމާއެކެވެ.

އެކަމަކު ގޭގެއިން ކުނި ނަގާނީ ވެމްކޯއިން ކަމަށާއި އެ މަސައްކަތުގައި ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

ކައުންސިލުން ނަގާ ކުނިވެސް ގެންދަނީ ވެމްކޯ ސައިޓަށެވެ. އަދި އެކުންޏަށްވާ ގޭޓް ފައިސާވެސް ދައްކާނެ ކަމަށާއި ކުނި އުކާލާނީ ވެމްކޯގެ ބާޖުގައި ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް