ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރަން އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ443 މިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން 418 މިލިއަން ހޭދަކުރަނީ އަބޫދާބީ ފަންޑުންނެވެ. ބާކީ 25 މިލިއަން ހޭދަކުރަނީ ސަރުކާރުގެ ބަޖެޓުންނެވެ.
އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހަވާލު ކުރި މި މަޝްރޫއު ނިންމަން ޖެހެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އެވެ.
މި މަޝްރޫއުގެ ދަށުން ރަންވޭ އިތުރު 650 މީޓަރަށް ދިގުކޮށް، ސްޓްރިޕް ފުޅާކުރަން ވަނީ ހަމަޖެހިފަ އެވެ. އެކަން ކުރާނީ އިތުރު ސަރަހައްދެއް ހިއްކައިގެންނެވެ. އެ ސަރަހައްދުގެ ގޮނޑުދޮށް ވެސް ހިމާޔަތް ކުރާނެ އެވެ.
މާފަރު އެއާޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭގެ ޕޭވްމެންޓް އަޕްގްރޭޑް ކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި ޕަވާ ސިސްޓަމާއި އޭޖީއެލް އަޕްރޭޑް ކުރުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
އެއާޕޯޓުތަކުގެ ތެރެއިން ދެވަނައަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މާފަރު އެއާޕޯޓު ހުޅުވ ީ2019 ވަނަ އަހަރު އެވެ.
އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް