އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ގެއްލުންތަކެއް

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ހެންވޭރު ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައި...

08 Dec 2022 | 02:39

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ހެންވޭރު ހިރިޔާ ނަމަކަށް ކިޔާ ގެއެއްގެ ތިން ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ރޭ 4:23 ހާއިރު ނިއްވާލާފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 3:57 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާއާއި ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުން ފެންނަގޮތުގައި އަލިފާނުގެ މި ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް