އޭގައި ހެރޮއިން އާއި ކްރިސްޓަލް މެތު (އައިސް) ހުރި ކަމަށް ބުނެފައިވޭ -
ދިވެހި ސިފައިންގެ އެއާ ކޯރގެ ޑްރޯންގެ އެހީގައި
ދިވެހި ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް، ލަންކާއަށް ނިސްބަތްވާ
ބޯޓުގައި 300 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ލަންކާގެ ނޫސްތަކުން
ރިޕޯޓްކޮށްފިއެވެ.
ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އޭގައި
ހުރީ ހެރޮއިން އާއި ކްރިސްޓަލް މެތު (އައިސް) އެވެ. އެ ބޯޓުން ލަންކާއަށް
ނިސްބަތްވާ ހަ މީހަކު ހައްޔަރުކުރި ކަމަށްވެސް ލަންކާ ނޫސްތަކުގައި
ރިޕޯޓްކޮށްފައިވެއެވެ.
އެ ބޯޓު އަތުލައިގެންފައިވަނީ ލަންކާގެ އިންޓެލިޖެންސް
އިން ދިން މަޢުލޫމާތަށް ބިނާކޮށް ދެ ޤައުމު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމުގައިވެސް
ރިޕޯޓްކޮށްފައިވެއެވެ. އަދި އަތުލައިގަތް އެ ކޮންސައިންމަންޓަކީ އިންޑިއާ ކަނޑުގެ
ރޫޓްގައި ފުޅާ ދާއިރާއެއްގައި މިފަދަ މުޢާމަލާތް ހިންގާ ބަޔަކާ ގުޅުން ހުރި ބޮޑު
ކޮންސައިންމަންޓެއް ކަމުގައިވެސް ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް