20 ޓަނުގެ އެހީގެ މުދާ ފޮނުވި -
ކެރީބިއަން ސަރަހައްދަށް އެރި ތޫފާން މެލީސާގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށް ޖަމައިކާ އަދި ކިއުބާގެ ވެރިން އިންޑިއާއަށް ޝުކުރު އަދާކުރައްވައިފިއެވެ.
އިންޑިއާއިން ވަނީ ނިމުނު ހަފްތާގައި ކެރީބިއަން ސަރަހައްދަށް ކާބޯތަކެއްޗާއި ބޭހާއި ބޭސްފަރުވާގެ ސާމާނާއި އެހެނިހެން އިންސާނީ އެހީ ހިމެނޭހެން 20 ޓަނުގެ މުދާ އިންޑިއާގެ ވައިގެ ސިފައިންގެ މަތިންދާބޯޓެއްގައި ފޮނުވާފައެވެ.
ޖަމައިކާގެ ފޮރިން މިނިސްޓަރ ކަމީނާ ޖޯންސަން ސްމިތު ވިދާޅުވީ އިންޑިއާއަކީ ޤައުމުތަކުން އެހީތެރިކަމަށް ބޭނުންވާ ވަގުތު އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ އިތުބާރުކުރެވޭ ބައިވެރިއެއްކަމަށެވެ. އަދި އެހީ ބޭނުންވި ވަގުތު، އެންމެ ބޮޑަށް ބޭނުންވި އެހީތެރިކަން އިންޑިއާއިން ފޯރުކޮށްދިންކަން އަބަދުވެސް ހަނދާނުގައި ހުންނާނެކަމަށް އޭނާ ވިދާޅިވިއެވެ.
ތޫފާން މެލީސާއަކީ ޤަރުނެއްގެ ތެރޭގައި ކެރީބިއަން ސަރަހައްދަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިސާތައްވެސް ހިނގިއެވެ. އަދި ޖަމައިކާ، ކިއުބާ، އަދި ހެއިޓީގައި ސަތޭކައާއި ގާތްކުރާ އަދަދަކަށް މީހުންވެސް މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް