ކަރުތެޔޮ މައްސަލަ: ޕިކަޕު ޑްރައިވަރު ބަންދުން ދޫކޮށްލީ ދިވެއްސަކާ އިނދެގެން އުޅޭތީ!

ރިސޯޓުތަކުން ބޭނުންކޮށްފައި އުކާލާ ކައްކާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުުގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން...

08 Nov 2025 | 09:23
ކަރުތެޔޮ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން- ފޮޓޯ: ޕޮލިސް

ކަރުތެޔޮ ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން- ފޮޓޯ: ޕޮލިސް

ރިސޯޓުތަކުން ބޭނުންކޮށްފައި އުކާލާ ކައްކާ ތެޔޮ ވިއްކާ ކަމުގެ ތުހުމަތުުގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭނާއަކީ ސައްހަ ވިސާއެއްގައި ދިވެއްސަކާއި އިނދެގެން އުޅޭ މީހެއް ކަމުގައި ވީތީ ކަމަށް ކްރިމިނަލް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައިވަނީ އޭނާ ބަންދުން ދޫކޮށްލީ، އޭނާއަކީ ދިވެއްސަކާއި ކައިވެނިކޮށްގެން ސައްހަ ވިސާއެއްގައި އުޅޭ ފަރާތެއް ކަމަށް ވުމުންނެވެ. އަދި އޭނާ އަކީ ޕިކަޕު ޑްރައިވަރެއްކަމަށް ބާރުދޭ ހެކިތަކެއް ވެސް ހުރިކަމަށެވެ. އެހެން ކަމުން އޭނާ އަށް ޝަރުތުކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެެވެ.

މި މައްސަލަގައި ބަންދުން ދޫކޮށްލީ 43 އަހަރުގެ މުހައްމަދު ހާރޫންއެވެ. އަދި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ހަަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތާއި ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުން ފަސް މީހުން ހައްޔަރުކުރީ ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލާ ފާސް ކުރުމަށް ފަހުއެވެ.

އެ އޮޕަރޭޝަނުގައި ރިސޯޓުތަކުން ބޭނުންކޮށްފައި ހުރި 46 ހަން ތެޔޮ ފެނިފައިިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. އަދި މި މީހުން މި ތެޔޮ ވިއްކާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް