ފަރަކަށް އުރި ފަހިރޯޅި ބޯޓު ބޮޑުބައެއް އަޑިއަށް

މާލެއިން މުދާ ބަރުކޮށްގެން ގދ. އަށް ދަތުރުކުރި ބޯޓެއް ފަރަކަށް އުރިއްޖެއެވެ. މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯލި ބޯޓ...

08 Nov 2025 | 07:30
ފަރަކަށް އުރުނު ފަހިރޯޅި ބޯޓުގެ ބޮޑުބައެއް އަޑީގައި - ފޮޓޯ: ހަފުތާ ނޫސް

ފަރަކަށް އުރުނު ފަހިރޯޅި ބޯޓުގެ ބޮޑުބައެއް އަޑީގައި - ފޮޓޯ: ހަފުތާ ނޫސް

މާލެއިން މުދާ ބަރުކޮށްގެން ގދ. އަށް ދަތުރުކުރި

ބޯޓެއް ފަރަކަށް އުރިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން

ބުނެފައިވަނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި

ފަހިރޯލި ބޯޓު ވ. ފެލިދޫ ކައިރި ފަރަކަށް އުރުނު ކަމުގެ މައުލޫމާތު ލިބުނީ ފަތިހު

05:01 ހާއިރު ކަމަށެވެ.

"ބޯޓުގައި ތިބި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު

ވ. ފެލިދުއަށް ގެންދެވިފައި" ފުލުހުން ބުނެފައިވެއެވެ.

ބޯޓު ފަރަށް އުރި ބޯޓުގެ މައްޔާ ފަޅައިގެން ގޮސް

ބޯޓުގެ ބޮޑު ބައެއް މިވަގުތު އޮތީ އަޑީގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ބޯޓުގައި ޖުމުލަ 12 މީހަކު އޭރު ތިބި ކަމަށް

ވެއެވެ. އެއީ ބޯޓުގެ ވެރިފަރާތާއި ކައްޕިތާނާއި ބިދޭސީ ހަތަރު ފަޅުވެރިންނާއި ހަ ދަތުރުވެރިއެކެވެ.

އެ ހަ ދަތުރުވެރިންގެ ތެރޭގައި ހިމެނެނީ ބިދޭސީ ފަސް ދަތުރުވެރިޔަކާއި ދިވެހި ދަތުރުވެރިޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް