އެރި އިރާއެކު ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައަކަށް ! ދެމީހުންވެސް މަސްތު ކަމަށް ބެލެވޭ !

މިއަދު ހެނދުނު ވަގުތެއްގައި ހުޅުމާލެ ފޭސް އެކެއް، ނިރޮޅިމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގައި ޖެހިފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، މިއަދު ހެނ...

08 Nov 2025 | 05:28
އެކްސިޑެންޓްވި ކާރު ސީންގައި - ފޭސްބުކް ފޮޓޯ: އިފްތިޚާރް ހިލްމީ

އެކްސިޑެންޓްވި ކާރު ސީންގައި - ފޭސްބުކް ފޮޓޯ: އިފްތިޚާރް ހިލްމީ

މިއަދު ހެނދުނު ވަގުތެއްގައި ހުޅުމާލެ ފޭސް އެކެއް، ނިރޮޅިމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފިހާރައެއްގައި ޖެހިފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:00 ހާއިރު، ނިިރޮޅިމަގުން ދުއްވާފައި ދިޔަ ކާރެއް ކުރިމަތިން އައި ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހި އެކްސިންޓްވެ، ފިހާރައެއްގައި ޖެހުނު މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކާރުގައި ތިބި ދެމީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހިނެކެވެ. މި ދެމީހުން ހައްޔަރު ކުރެވުނު އިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް