ގެދޮރު އެޅުމަށް ދަތިވާ ދިވެހި ރައްޔިތުންނަށް އަމާޒުކޮށް މި ސަރުކާރުން އިފްތިތާހުކުރި "ހިޔާވަހި ފައިނޭންސިން ސްކީމް" ގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން އެ ފުރުސަތު މިއަދު ހުޅުވާލާފައިވަނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ. އެ ޕޯޓަލްގެ ވެބް އެޑްރެސް އަކީ https://hiyaavehi.housing.gov.mv/ އެވެ.
އީ-ފާސް މެދުވެރިކޮށް ލޮގިން ވެވޭ އެ ޕޯޓަލްގައި ހިޔާވެހި ފައިނޭންސިންގ – ރަށްވެހި، ހިޔާވެހި ފައިނޭންސިންގ ސަހަރު އަދި ހިޔާވެހި ފައިނޭންސިންގ ފަހިމާލެ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ހިޔާވެހި ފައިނޭންސިންގ – ރަށްވެހި ސްކީމަކީ އަތޮޅުތަކަށް ހާއްސަ ކުރެވިގެން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނެވެ. ހިޔާވެހި ފައިނޭންސިންގ – ސަހަރު ސްކީމަކީ އާރބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނެވެ. އަދި ހިޔާވަހެހި ފައިނޭންސިންގ – ފަހިމާލެ ސްކީމަކީ ފުރަމާލޭގައި ގެދޮރު އިމާރާތް ކުރުމަށް ދޫކުރާ ލޯނެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވާނީ އާންމުކޮށް ހުޅުވާލެވިފައި. މިއީ ތާރީޚުގައި ގެދޮރުވެރިކަމަށް އެންމެ ހެޔޮއަގުގައި، އިސްލާމީ އުސޫލުން ދޫކުރެވޭ ފައިނޭންސިންގ ސްކީމް.https://t.co/EXkGIgGkBu pic.twitter.com/BXlkVwERN4
— Ministry of Housing, Land and Urban Development (@MHLUDmv) November 8, 2024
މި ލޯން ތަކަކީ ބޭންކް އޮފް މޯލްޑިވްސް، އެޗްޑީއެފްސީ އަދި އެމްއައިބީއާއެކު ކުރިއަށްގެންދާ ލޯން ސްކީމެކެވެ. މި ސްކީމްތަކުގެ ދަށުން ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބިގެންދާނެއެވެ.
މި ސްކީމްގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 25 އާއި ހަމައަށް ހުޅުވާލާފައިވާކަމުގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިންބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް