ރާއްޖެ އައިސް އުޅުނު، ސިންގަޕޫރަށް ނިސްބަތްވާ 15 އަހަރުގެ އަންހެންކުއްޖަކު، މިއަދު ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އދ. ދިގުރަށަށް ވޭލް ޝާކް ރިސާޗް ސްޓަޑީއެއްގައި ގޮސް އުޅުނު ޓީމްގެ (ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖަކު) ސްނޯކްލިން އަށް ގޮސް ދޯނިން މޫދަށް ފުންމާލިވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަޚަމްވެގެން ހެލްތު ސެންޓަރަށް ގެންދިޔަކަމުގެ މައުލޫމާތު ހެނދުނު 09:55 ހާއިރު ލިބުނު ކަމަށެވެ.
ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އެ ކުއްޖާ މަރުވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް