ތެލުގޫ ފިލްމު އިންޑަސްޓްރީ (ޓޮލީވުޑް)ގެ ގިނަ ތަރިންތަކެއް އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެ ތަރިންގެ ތެރޭގައި ރާމް ޗަރަން، ޗިރަންޖީވި، ނާގަރުޖުނާ އައްކިނޭނި، މަހޭޝް ބާބޫ ހިމެނެއެވެ.
މި ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ޕަޓީނާ މޯލްޑިވްސްގައެވެ. މިކަން ހާމަވެފައިވަނި މި ތަރިންނާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް އަދި ޓޮލީވުޑް ތަރި ނަމްރަތާ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދޫކޮށްލާފައިވާ ޕޯސްޓްތަކަކުންނެވެ.
ޓޮލީވުޑްގެ ގިނަ ތަރިންތަކެއް އެއްވަގުތެއްގައި ރާއްޖޭގައި ވަގުތު ހޭދަކުރަމުން އަންނަނީ އިންޑިއާގެ ވަރުގަދަ ވިޔަފާރިވެރިއެއްކަމުގައިވާ އަނިލް ކުމާރް ޗަލަމަލަސެޓީގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ހަފްލާގައި ބައިވެރިވުމަށެވެ.
އަނިލް ކުމާރް ޗަލަމަލަސެޓީއަކީ އިންޑިއާގެ ގްރީންކޯ އެނާޖީ ކުންފުނީގެ ވެރިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް