ފިރިމީހާއަށް އަޅުވެތިވާ އަނބިންނަށް އޮތީ ޖަހަންނަމަ ކަމަށް ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި މެސެޖެއްގައެވެ.
ޝައިޚް އެކްސްގައި ކުރެއްވި މެސެޖުގައި ވިދާޅުވީ ފިރިންނަށް ކިޔަމަންތެރިވާ އަނބީން ދާނީ ޖަންނަތަށް ކަމަށާއި އެހެން ނަމަވެސް ފިރިންނަށް އަޅުވެތިވާ އަނބީން ދާނީ ޖަހަންނަމައަށްކަމަށެވެ.
އަދި އެހެނީ ފިރިންނަށް ކިޔަމަންތެރިވުމާއި އަޅުވެތިވުމާ ތަފާތުވަނީ އެންމެ ކަމަކުންކަމަށާއި އެއީ ފިރިމީހާ ކުރާ ފާފަތަކަށް އިންކާރުކުރުމާއި ފިރިމީހާ ކުރާ ފާފަތަކުގައި ބައިވެރިވުންކަމަށެވެ.
"ފިރިންނަށް ކިޔަމަންތެރިވާ އަނބީން ދާނީ ޖަންނަތަށެވެ. ނަމަވެސް ފިރިންނަށް އަޅުވެތިވާ އަނބީން ދާނީ ޖަހަންނަމައަށެވެ. ފިރިންނަށް ކިޔަމަންތެރިވުމާއި އަޅުވެތިވުމާ ތަފާތުވަނީ އެންމެ ކަމަކުންނެވެ. އެއީ ފިރިމީހާ ކުރާ ފާފަތަކަށް އިންކާރުކުރުމާއި ފިރިމީހާ ކުރާ ފާފަތަކުގައި ބައިވެރިވުމާ." ޝައިޚް އެކްސްގައި ކުރެއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް