އުރީދޫ މޯލްޑިވްސް އާއި ދަޕެރެންޓަލީ ޕަރޓްނަވެ، ކްލަބް ޕްރިމިއާ މެމްބަރުންނަށް 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް

ކްލްބް ޕްރީމިއަރ ޕާޓްނަރެއްގެ ގޮތުގައި ދަޕެރެންޓަލީ އުރީދޫ މޯލްޑިވްސް އާއި ގުޅިއްޖެއެވެ. މި ޕަރޓްނަރޝިޕާއި އެކު އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ދަޕެރެންޓަލީ އިން ވިޔަފާރި ކުރާއިރު 10 ޕަސެންޓާއި ...

08 Nov 2023 | 15:08

ކްލްބް ޕްރީމިއަރ ޕާޓްނަރެއްގެ ގޮތުގައި ދަޕެރެންޓަލީ އުރީދޫ މޯލްޑިވްސް އާއި ގުޅިއްޖެއެވެ. މި ޕަރޓްނަރޝިޕާއި އެކު އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ދަޕެރެންޓަލީ އިން ވިޔަފާރި ކުރާއިރު 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މާލޭގެ ލިލީ މަގުގައި ހުންނަ "ދަޕެރެންޓަލީ" އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން ތުއްތު ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ ތަފާތު ޕްރޮޑަކްޓްތަކަށް ފޮރުކޮށްދޭ ވިޔަފާރިއެކެވެ. ތުއްތު ކުދިންނަށް ދުޅަހެޔޮ މުސްތަޤްބަލެއް ޤާއިމުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދަޕެރެންޓަލީ ގެ މަގްސަދަކީ ތިމާވެއްޓާއި ރައްޓެހި، އޯގަނިކް އަދި ހަންގަނޑަށް ލުއި ޕްރޮޑަކްޓްތަކަކާ އެކު ބެލެނިވެރިންނަށް ފަސޭހަކަމާއެކު އެއްތަނަކުން ވިޔަފާރިކުރުމުގެ ތަޖުރިބާ ފަހިކޮށްދިނުމެވެ.

ތުއްތު ކުދިންނަށް ހާއްސަ މަގުބޫލް އަދި އިތުބާރުހިފޭ ބްރޭންޑްތައް ކަމަށްވާ ކްލެސިކް ވޯލްޑް، މަންޗްކިން، ނެނޯބެބެ، ޓޮމީ ޓިޕީ އަދި ފްރިޑަބޭބީ ފަދަ ބްރޭންޑް ތަކުން ނެރެފާއިވާ ތުއްތު ކުދިންނަށް ބޭނުންވާ ރީތި ވުމުގެ ސާމާނާއި، ކުޅޭ އެއްޗެހީ ގެ އިތުރުން ޑައަޕަރ، ޑައަޕަރ ބޭގް، ސްޓްރޯލާ ފަދަ ގިނަ ބާއްވަތްތަކުގެ ޕްރޮޑަކްޓްތައް ދަޕޭރަންޓްލީ އިން ލިބެންހުރެއެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބި، ބެލެނިވެރިންނަށް މި ތަކެތި ލިބިގަތުމުގައި އިތުރު ލުއެއް ލިބިގެންދާނެއެވެ.

އުރީދޫ މޮބައިލް އަދި ބްރޯޑްބޭންޑް ކަސްޓަމަރުން ގެ ތެރެއިން 1000 ރުފިޔާ އާއި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ގެންގުޅުއްވާ ފަރާތްތަކަށް ކްލަބް ޕްރިމިއާ ގެ އިނާޔަތްތަކުގެ ލިބިގެންދާނެއެވެ. ކްލަބް ޕްރިމިއާ ގެ އިނާޔަތްތައް ތިން ޓަޔަރަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މަގުބޫލު ދިވެހި އަދި ބައިނަލްއަގުވާމީ ބްރޭންޑްތަކުން ޑިސްކައުންޓްތަކާއި ތަފާތު އޮފާތައް ލިބިގެންދެއެވެ. މީގެ އިތުރުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޕްރިއޯރިޓީ ޕާސް މެދުވެރިކޮށް އެއަޕޯޓްތަކުގެ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބިގެންދެއެވެ.

ޕެރެންޓަލީގައި ލިބެން ހުރި ޕްރޮޑަކްޓްތައް ބެލާލުމަށް https://theparently.com/ ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް