80 މިލިޔަން ޑޮލަރަކީ އިބޫ ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއްނޫން: އަބްދުއްރަހީމް

އެއާޕޯޓް މަޝްރޫއަށް ލިބުނު 80 މިލިޔަން ޑޮލަރަކީ އިބޫ ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއް ނޫންކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް މިހެން ވ...

08 Nov 2023 | 14:17

އެއާޕޯޓް މަޝްރޫއަށް ލިބުނު 80 މިލިޔަން ޑޮލަރަކީ އިބޫ ސޯލިހްގެ ސަރުކާރުން ހޯދި އެއްޗެއް ނޫންކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންޒިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އެއާޕޯޓަށް އިތުރަށް ބޭނުންވި ފައިސާ ހުރީ ކުރިން ހޯދާފައިކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ އެ ފައިސާ ހޯއްދެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކަމަށެވެ.

"ރޯމާ ދުވާލު މިވަރުގެ ބޮޑެތި ދޮގު ހަދާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެނީތޯ؟" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމްގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އިބޫ ސޯލިހްގެ ސަރުކާރުގެ އޮޅުވާލުމާ މަކަރާ ހީލަތް ރައްޔިތުން ބަލައި ނުގަންނަކަން އެއޮތީ ރީތިކޮށް ފެންނަން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް