އިންތިހާބީ ރައީސްގެ އަބޫދާބީ ދަތުރުފުޅުގައި އެއާޕޯޓް މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައި އެއާޕޯޓް މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފި...

08 Nov 2023 | 08:11

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައި އެއާޕޯޓް މަޝްރޫއަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ މަރުހަލާތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

ފިރުޒުލް ވިދާޅުވީ 2024 ވަނަ އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓް މަޝްރޫއު އެކުގައި ނިންމާ ޓާމިނަލް ބޭނުން ކުރުމަކީ އިންތިހާބީ ރައީސްގެ އަމާޒެއްކަން ހާމަކުރައްވާފައިވާއިރު މަޝްރޫއު ދިގުލައިގެން ދިއުމާއި ޑިޒައިނަށް އައި ބަދަލާއެކު މަޝްރޫއު ނިންމުމަށް 79.80 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށެވެ.

ޑރ. މުއިއްޒު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށްގެންދެވި ބައްދަލުވުންތަކުން އަބޫދާބީ ފަންޑުން 80 މިލިޔަން ޑޮލަރު، 1.2 ބިލިޔަން ރުފިޔާ ލިބިގެންދާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާކަމުގައި ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ އިންތިހާބީ ރައީސް، ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެއާޕޯޓް މަޝްރޫއު ހިނގާގޮތް ބައްލަވާލެއްވުމަށް އެއާޕޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް