ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގައްޔާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި ދެމީހަކު ހޯދަނީ

ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގައްޔާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި، ދެ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އެ ދެމީހުންގެ ވަނަވަރު ހާމަކޮ...

08 Nov 2023 | 06:43

ހުއްދަނޫން ގޮތުގައި ޖިންސީ މުއާމަލާތެއް ކުރުމުގެ ކުށުގައްޔާއި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގައި، ދެ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އެ ދެމީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން  ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މއ. ކޮޓްންވިލާ، އަޙްމަދު ސަފްނީޒް (40އ)  އާއި ގއ. ކޮލަމާފުށި / އަސަރީގެ، މުޙައްމަދު ސާއިފް ޢަލީ (23އ) ކަމަށެވެ.

އަޙްމަދު ސަފްނީޒް ހޯދަމުންދަނީ ހުއްދަނޫން ގޮތުގައި ޖިންސީ މުޢާމަލާތެއް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށާއި ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 9:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި މުޙައްމަދު ސާއިފް ޢަލީ ހޯދަމުންދަނީ ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ނޮވެމްބަރ 13 ވަނަ ދުވަހުގެ 13:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް