އޮސްޓްރޭލިއާ އިން ކުރިއަށްއޮތް ގަތަރު ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ސްކޮޑު އިއުލާންކޮށްފިއެވެ.
މިއަދު އޮސްޓްރޭލިއާގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރިއިރު، ވެސްޓް ބްރޮމްވިޗްގެ އެޓޭކިން މިޑްފީލްޑަރ ޓޮމް ރިޖިކް އާއި ނަގޯޔާ ކްރެމްޕަސްގެ ތަޖުރިބާކާރު ގޯލްކީޕަރު މިޗް ލަންގެރަކް އަދި އަލް ވަކްރާގެ ޑިފެންޑަރ ޓްރެންޓް ސެއިންސްބަރީ ސްކޮޑުގައި ހިނާފައެއް ނުވެއެވެ. މި ކުޅުންތެރިންނަށް މިފަހަރުގެ ސްކޮޑުން ފުރުސަތު ނުލިބުނީ ޓެކްޓިކަލް ސަބަބުތަކާއި ހެދި ކަމަށް އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފައިވެއެވެ.
މިވަގުތު ފީފާ ރޭންކިންގެ 38 ވަނާގައި އޮތް އޮސްޓްރޭލިއާ މިފަހަރު ވޯލްޑް ކަޕުގައި ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަންސް ފްރާންސް، ޑެންމާކް އަދި ޓިއުނީސިއާ ވެސް ހިމެނޭ ގުރޫޕް ޑީގައެވެ. މި ގުރޫޕަކީ އޮސްޓްރޭލިއާއަށް މާ ފަސޭހަވާނޭ ގުރޫޕެއް ކަމަށް ނުބެލެވެއެވެ.
އޮސްޓްރޭލިއާ ފައިނަލް ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިން
ގޯލް ކީޕަރުން
މަތީން ރަޔަން (އެފްސީ ކޮޕަންހޭގަން)
އެންޑްރޫ ރެޑްމޭން (ސިޑްނީ އެފްސީ)
ޑެނީ ވުކޯވިޗް (ސެންޓްރަލް ކޯސްޓް މެރިނަރސް )
ޑިފެންޑަރުން
މިލޯސް ޑެޖެނެކް (ކޮލަމްބަސް ކްރޫ)
ނަތަނިއަލް އެޓްކިންސަން (ހާޓްސް)
ޖޯއެލް ކިންގް (އޯބީ)
ފްރެން ކަރަސިޗް (ބްރެޝިއާ)
ބެއިލީ ރައިޓް (ސަންޑަލޭންޑް)
ހެރީ ސައުޓަރ (ސްޓޯކް ސިޓީ)
ކައި ރޯލްސް (ހާޓްސް)
އަޒީޒް ބެހިޗް (ޑަންޑީ ޔުނައިޓް)
ތޯމަސް ޑެންކް (އަލްބިރެކްސް ނިއިގަޓާ)
މިޑްފީލްޑަރުން
އާރޮން މޫއީ (ސެލްޓިކް)
ކްރޭގް ގުޑްވިން (އެޑިލޭޑް ޔުނައިޓެޑް)
ޖެކްސަން އިރްވައިން (ސެއިންޓް ޕައުލީ)
ކެމޮރަން ޑެވްލިން (ހާޓްސް)
ރައިލީ މެކްގްރީ (މިޑިލްސްބަރޯ)
އަޖުދީން ހްރުސްޓިޗް (އައިންޓްރަކްޓް ފްރެންކްފަރޓް)
ކީނޫ ބެކަސް (ސެއިންޓް މިރެން)
ފޯވާޑުން
މަތިއު ލެކީ (މެލްބަން ސިޓީ)
މާޓިން ބޮއިލް (ހައިބަނިއަން)
ޖޭމީ މެކްލަރެން (މެލްބަން ސިޓީ)
ކްރޭގް ގުޑްވިން (އެޑިލޭޑް ޔުނައިޓެޑް)
މިޗެލް ޑޫކް (ފަގިއާނޯ އޮކަޔާމާ)
ޖޭސަން ކަމިންގްސް (ސެންޓްރަލް ކޯސްޓް މެރިނަސް)
ގަރަންގް ކުއޯލް (ސެންޓްރަލް ކޯސްޓް މެރިނަސް)
އަވަ މާބިލް (ކާޑިޒް)
ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު އޮސްޓްރޭލިއާ ނުކުންނާއި ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް