ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.
ނަޝީދު ވިދާޅުވީ މިފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވޭކަށް ނެތް ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު ރައީސް ސޯލިހު ފިޔަވައި އިތުރު ބޭފުޅަކު ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފައެއް ނުވެ އެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އޭނާ ތާއީދު ކުރައްވާނީ ރައީސް ސޯލިހަށް ކަމަށް ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް