ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ބްރެޒިލުން ކުރިއަށްއޮތް ގަތަރު ވޯލްޑް ކަޕުގައި ވާދަކުރާ ގައުމީ ސްކޮޑު އިއުލާންކޮށްފިއެވެ.
އިއްޔެ ބްރެޒިލްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރިއިރު، ލިވަޕޫލުގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓޯ ފިރުމިނޯ އާއި އާސެނަލް ޑިފެންޑަރ ގެބްރިއެލް މަގާލައެސް ސްކޮޑުގައި ހިނާފައެއް ނުވެއެވެ. މި ދެ ކުޅުންތެރިންނަކީ ކުލަބު ލެވެލްގައި ރަނގަޅު ފޯމެއްގައި ތިބި ދެ ކުޅުންތެރިންނަށް ވި ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް ސްކޮޑުން މި ދެ ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެއެވެ. މީގެ އިތުރުން އިޓަލީގެ ރޯމާ ޑިފެންޑަރު ރޮޖާ އިބަނޭޒް އާއި ފިލިޕޭ ކުޓީނިއޯ ވެސް ވަނީ ބާކީ ކޮށްފައެވެ. ކުޓީނިއޯއަށް ބްރެޒިލް ސްކޮޑުން ފުރުސަތު ނުލިބުނީ އަނިޔާގައި ހުރުމުންނެވެ.
ގަތަރު ވޯލްޑް ކަޕަށް ދާ ބްރެޒިލްގެ ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން
ގޯލް ކީޕަރުން
އެލިސަން ބެކާ ( ލިވަޕޫލް)
އެޑަސަން ( މެންޗެސްޓަރ ސިޓީ)،
ވެވަޓަން (ޕަލްމެއިރަސް)
ޑިފެންޑަރުން
ޑެނި އަލްވޭސް (ކުލަބް ޔުނިވާސިދާދް ނޭސަނަލް)
ޑެނިލޯ (ޔުވެންޓަސް)
އަލެކްސް ސަންޑްރޯ (ޔުވެންތަސް)
އެލެކްސް ޓެލެސް (ސެވިއްޔާ)
ބްރެމާ (ޔުވެންޓަސް)
އެޑަ މިލިޓާއޯ (ރެއާލް މެޑްރިޑް)
މާކިންއޯސް (ޕީއެސްޖީ)
ތިއާގޯ ސިލްވާ (ޗެލްސީ).
މިޑްފީލްޑަރުން
ކަސެމިރޯ (މެންޗެސްޓަރ ޔުނައިޓެޑް)
އެވަޓަން ރިބެއިރޯ (ފްލެމިންގޯ)
ބުރޫނޯ ގުއިމަރޭސް (ނިއުކާސަލް)
ފަބީމީނިއޯ (ލިވަޕޫލް)
ފްރެޑް (މެންޗެސްޓަރ ޔުނައިޓެޑް)
ލުކަސް ޕަކުއިޓާ (ވެސްޓް ހަމް)
ފޯވާޑުން
އެންތަނީ (މެންޗެސްޓަރ ޔުނައިޓެޑް)
ގެބްރިއެލް ޖީސަސް (އާސެނަލް)
ގެބްރިއެލް މާޓިނެލީ (އާސެނަލް)
ނޭމާ ޖޫނިއަރ (ޕީއެސްޖީ)
ޕެޑްރޯ (ފްލެމިންގޯ)
ރަފީނިއާ (ބާސެލޯނާ)
ރޮޑްރިގޯ (ރެއާލް މެޑްރިޑް)
ރިޗާލިސަން (ޓޮޓެންހަމް)
ވިނިސިއަސް ޖޫނިއަރ (ރެއާލް މެޑްރިޑް).
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް