ރީކޯ މޫސަ އަލުން އެމްޑީޕީއާއި އަލުން ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިކަމާއި ގުޅޭގޮތުން އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނި އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން ރީކޯ މޫސަ އެމްޑީޕީއާއި އަލުން ގުޅިވަޑައިގަތުމަކީ، އެމްޑީޕީއަށާއި އެމަނިކުފާނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
"މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް، އެމްޑީޕީއަށް މަރުހަބާ" ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ކުރިން ކުރެއްވި މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީއާއި އަލުން ގުޅިވަޑައިގެން ފޯމު އެ ޕާޓީގެ މިހާރު ޗެއާ ޕާސަން ފައްޔާޒް އިސްމާއިލަށް ހަވާލުކުރެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
https://twitter.com/ibusolih/status/1589997922317631490
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް