ޚ. ގުޅީ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެރަށު ރައްޔިތެއްކަމަށްވާ މުޙައްމަދު އަކުރަމް (33އ.) އެވެ. އޭނާ ނިޔާވެފައިވަނީ ރޭ ފަތިހު ކަމަށް ވެސް އެނގިފައިވެއެވެ.
"ދުވަސް" އަށް އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ މެއަށް ތަދެއް އަރައިގެންނެވެ. އަދި އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަކުރަމް ނިޔާވެއްޖެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް