ކުރިއަށް އޮތް ފޯރިގަދަ ވޯލްޑްކަޕް މެޗުތައް ބެލުމަށް ޚާއްސަކޮށްގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަށް ބޮކްސް ލައިޓް ޕްރޮޖެކްޓަރ ގެނެސްފިއެވެ.
އެސްޓީއޯ އިން ދާދި ފަހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މި ބްރޭންޑްގެ ހަތަރު މޮޑެލްއެއްގެ ޕްރޮޖެކްޓަރ އަގުތަކާއެކު ހާމަކޮށްފައެވެ.
ފުޓުބޯޅައިގެ ފޯރީގައި ފެށޭ މިފަދަ ބޮޑެތި މުބާރާތްތަކުގައި އެންމެ ޑިމާންޑު ބޮޑުވާ އެކައްޗަކީ މިފަދަ މަލްޓީމީޑިއާ ޕްރޮޖެކްޓަރެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ބޮކްސް ލައިޓް ޕްރޮޖެކްޓަރ ހުރީ، 27،600 ރުފިޔާ، 15،300 ރުފިޔާ، 12،800 ރުފިޔާ އަދި 9،999 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނިގޮތުގައި މި ޕްރޮޖެކްޓަރތައް އަގު ހެޔޮވެފައި ވަނީ ވޯލްޑްކަޕާ ގުޅުވައިގެން ކުރިޔަށްގެންދާ "ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންގެ ދަށުންނެވެ.
"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަނަކީ އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިޔަށްގެންދަނީ 5 އޮކްޓޯބަރ ން ފެށިގެން 30 ނޮވެމްބަރ 2022 ގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް