ސާނިއާ މިރުޒާ، ޕާކިސްތާނު ފިރިމީހާ ޝުއައިބް ކައިރިން ވަރިވަނީ!

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާ ފިރިމީހާ ކައިރިން ވަރިވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރ...

08 Nov 2022 | 09:01

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރުޒާ ފިރިމީހާ ކައިރިން ވަރިވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

އޭނާ ކައިވެނިކޮށްގެން އުޅެނީ ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ޝުއައިބް މާލިކާއި އެވެ. 2010 ވަނަ އަހަރު ކުރި އެ ކައިވެންޏަށް ދަރިއަކު ލިބިފައި އެބަހުއްޓެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ނިމުމަކަށް ގެންނަނީ ޝުއައިބް ބޭވަފާތެރިވުމުންނެވެ. އޭނާ އާއި އެހެން އަންހެނަކާއި ގުޅުން އޮންނަ ކަމަށްވެ އެވެ.

ދެމީހުންގެ ދޭތެރޭގައި މައްސަލަ ޖެހިގެން އުޅޭކަން މީޑިއާއަށް ތިލަވެ ސާނިއާއަށްވެސް ބަސްތައް އަމާޒުވާން ފެށި ފަހުން އޭނާ ވަނީ ވަރަށް އަސަރުގަދަ ޕޯސްޓެއް އިންސްޓަގްރާމްގައި ކޮށްފައި އެވެ.

އެ ޕޯސްޓުގައި ވަނީީ ހަލާކުވެފައިވާ ހިތްތަކުންދާނީ ކޮންތާކޮއްތޯ ސުވާލުކޮށްފައި އެވެ. އަދި ޖަވާބުގައި ބުނެފައިވަނީ މަދަދަށް އެދި ދުއާކުރާނީ "މާތް ﷲ" ގެ ހަޟުރަތުން ކަމަށެވެ.

https://www.instagram.com/p/CkXtKtJon44/

އެކަމަކު ދެ މީހުން ވަރިވުމާއި ގުޅޭގޮތުން މިހާތަނަށް ސާނިއާ އަދި ޝުއައިބް ވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

ކައިވެންޏަށް ފަހު ދެމީހުން ދިރިއުޅެމުންދަނީ ދުބާއީގައި އެވެ.

މި ދެމީހުންގެ ކައިވެންޏަކީ އިންޑިއާ މީހުން ސާނިއާ ދެކެ ވަރަށް ނުރުހުންވި ކައިވެންޏެވެ. އެއީ މުޅި ގައުމަށް ޝަރަފު ގެނެސްދީފައިވާ ކުޅުންތެރިއަކު ޕާކިސްތާނު މީހަކާއި އިނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް