އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ42.6 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ އަމާޒަކީ މިމަހުގެ30 ވަނަ ދުވަހު ބަޖެޓު ފާސް ކުރުމެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ބަހުސް ފެށުމުގެ ކުރިން ވަގުތު އިތުރަން ފެނޭތޯ ބަލަން ވޯޓަށް އަހާފައިވެ އެވެ. ވަގުތު އިތުރު ކުރަން ފާސްވީ37 މެމްބަރުން ތާއީދާއި އެކުއެވެ.
ކޮންމެ މެމްބަރަކަށ15 މިނެޓުގެ ފުރުސަތު ދޭން ނިންމާފައިވާއިރު ބުރާސްފަތި ދުވަހާއި އެކު ހުރިހާ މެމްބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބަޖެޓު ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އީވާ ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ބަޖެޓު ބަހުސްގެ ފުރުސަތަށް އެދިވަޑައިގަތުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް