އަރްބާޒްގެ ދަރިފުޅު، އަރްހާން ބޮލީވުޑްގައި މަސައްކަތް ކުރާ ހިތްވަނީ!

ބޮލީވުޑްގެ ބަތަލް އަރްބާޒް ހާންގެ ދަރިފުޅު އަރްހާން ހާން ބޮލީވުޑްގައި މަސައްކަތް ކުރާ ހިތުން އެވާހަކަ ދައްކަމުންދާ ކަމަށް ބުނެފި އެވެ. އަރްހާން އަކީ ބަތަލާ މަލައިކާ އަރޯރާ އާއި އަރްބާޒްގެ ކައިވެންޏަށް...

08 Nov 2022 | 06:32

ބޮލީވުޑްގެ ބަތަލް އަރްބާޒް ހާންގެ ދަރިފުޅު އަރްހާން ހާން ބޮލީވުޑްގައި މަސައްކަތް ކުރާ ހިތުން އެވާހަކަ ދައްކަމުންދާ ކަމަށް ބުނެފި އެވެ.

އަރްހާން އަކީ ބަތަލާ މަލައިކާ އަރޯރާ އާއި އަރްބާޒްގެ ކައިވެންޏަށް ލިބިފައިވާ ދަރިއެކެވެ. އެދެމީހުންގެ ކައިވެންޏަށް ނިމުން ގެނައިތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަރްބާޒް ބުނީ ބޮލީވުޑްގައި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށް އަރްހާން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށެވެ. އެކަމާއި އޭނާ ވަރަށް އުފާވާކަން ފާހަގަކޮށް ބުނީ ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އަރްހާން އޭނާގެ ފިލްމު ޕަޓްނާ ޝުކްލާ ގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އަރަބާޒް ހާން ބުނީ އަރްހާން ބޭނުންވަނީ ސުމަކުން ފެށިގެން ދަސްކޮށްގެން ޑައިރެކްޓަރަކަށް ވުމަށެވެ. އެކަމަށް މަސައްކަތް ފެށުމުގެ ގޮތުން މާސްޓާސް ނިންމުމުގެ ކުރިން މިހާރުވެސް 30 ވަރަކަށް ދުވަހު ޑައިރެކްޓަރު ކަރަން ޖޯހަރާއި އެކު އަރްހާން މަސައްކަތް ކޮށްފައިވާ ކަމަށް ބުންޏެވެ.

އެ އިންޓަވިއުގައި ފަހުރުވެރިކަމާއި އެކު އަރްބާޒް ބުނީ އޭނާގެ ދަރިފުޅު މަތީ ތައުލީމު ހާސިލްކޮށް ކުރިޔަށްދާން ބޭނުންވާ ދާއިރާ ހިޔާރު ކުރީ އަމިއްލައަށް ކަމަށެވެ. އެކަމަށް އޭނާ އާއި މަލައިކާ އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް ބުންޏެވެ.

އަރްހާން މަތީ ތައުލީމް ހާސިލް ކުރަމުންދަނީ އެމެރިކާގެ ފިލްމު އެންޑް ޓެލެވިޝަންގެ ދާއިރާގެ ކޯސްތައް ހިންގާ ލޯންގް އައިލެންޑް ފިލްމް ސްކޫލުންނެވެ.

ފިލްމު "ޕަޓްނާ ޝުކްލާ" އަކީ އިސްރާއީލްގެ މަޝްހޫރު ފިލްމެއްގެ ރިމޭކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް