ބައްރު: ނޯތް އެމެރިކާ
ފީފާ ރޭންކިން: 13
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 16
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާ ފައިނަލް، ( 1970 ، 1986 )
ކޯޗު
ނަން: ޖެރާޑޯ މާޓިނޯ
ގައުމު: އާޖެންޓީނާ
އުމުރު: 59 އަހަރު
ޓީމާ ހަވާލުވީ: 2019 ވަނަ އަހަރު
އާޖެންޓީނާއަށް އުފަން މާޓީނޯ މެކްސިކޯ ޓީމާއި ހަވާލުވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގައެވެ. ކުޅުންތެރިއެއްގެ ގޮތުގައި މާޓީނޯ އަކީ މާ މަޝްހޫރު ފަރާތެއް ނޫނެވެ. ނަމަވެސް ކޯޗިން ދާއިރާގައި ވިދުން ގަދަ ކޯޗެކެވެ. އޭނާ ވަނީ އެމެރިކާ ލީގާއި، ސްޕެނިޝް ލީގު އަދި އާޖެންޓީނާ ލީގުގެ ކުލަބުތަކަށް ކޯޗުކޮށްދީފައެވެ. އެ ކުލަބުތަކާއި އެކު ރަނގަޅު ނަތީޖާތަކެއް ވެސް ނެރެދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި މާޓީނޯ ހަވާލުވިއެވެ. 2015 އަދި 2016 ވަނަ އަހަރު ބޭއްވި ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕަ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިނެވެ. އޭގެ ފަހުން އެމެރިކާގެ އެޓަލާންޓާ ޔުނައިޓެޑަށް ދެ އަހަރު ކޯޗުކޮށް ދިނުމަށް ފަހު މާޓީނޯ މެކްސިކޯގެ ޓީމާއި ހަވާލުވީ 2019 ވަނަ އަހަރުގައެވެ. އޭނާ ވަނީ މެކްސިކޯ ޓީމަށް 2019 ވަނަ އަހަރުގެ ކޮންކާކަފް ގޯލްޑް ކަޕް ކާމިޔާބު ކޮށްދީ 2021 ވަނަ އަހަރު މި މުބާރާތުގެ ރަނަރަޕް ކަން ހޯދައިދީފައެވެ. އަދި ހަމަ އެ އަހަރު ބޭއްވި ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ވެސް މެކްސިކޯއަށް އޭނާ ހޯދައިދިނެވެ.
މުހިންމު ކުޅުންތެރިން:
ރައުލް ޖިމެނޭޒް
އުމުރުން 31 އަހަރުގެ ރައުލް ޖިމެނޭޒް އަކީ މިވަގުތު މެކްސިކޯ ޓީމުގެ އެންމެ ތަޖުރިބާކާރު ފޯވާޑެވެ. އޭނާ މިވަގުތު ކުޅެމުން އަންނަކީ އިނގިރެސި ޕްރިމިއާ ލީގުގެ ވުލްވަހެމްޕްޓަން ވެންޑެރާސް އަށެވެ. މީގެ ކުރިން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އަދި ޕޯޗުގަލްގެ ބެންފީކާއަށް ވެސް ކުޅުނެވެ. ޖިމެނޭޒް މެކްސިކޯގެ ޓީމަށް ކުޅެން ފެށީ 2013 ވަނަ އަހަރުގައެވެ. މިހާތަނަށް 94 މެޗު ކުޅެދީ 29 ގޯލު ޖަހައިދީފައިވެއެވެ. މިފަހަރުގެ ވޯލްޑް ކަޕްުގައި މެކްސިކޯގެ އުންމީދުތަކާއި އެންމެ ބޮޑަށް ގުޅިފައިވާ ކުޅުންތެރިއަކީ ޖިމެނޭޒްއެވެ.
ގިލަމޯ އޮޗޯއާ
އޮޗޯއާ އަކީ މެކްސިކޯ ޓީމުގެ މިވަގުތު ހުރި އުމުރުން އެންމެ ދޮށީ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. ކެމްސިކޯގެ ގޯލު ބެލެހެއްޓުމުގައި ދެވަނައެއް ނުވާ މޮޅު ކީޕަރެކެވެ. ސްޕެއިންގެ ގިނަ ކުލަބުތަކަކަށް ކުޅުނެވެ. މިހާރު އޮޗޯއާ ކުޅެމުން އަންނަނީ މެކްސިކޯގެ އެމެރިކާ އެފްސީ އަށެވެ. އޭނާ ވަނީ މިހާތަނަށް މެކްސިކޯ ޓީމާއި އެކު ދެ ވޯލްޑް ކަޕުގައި ކުޅެފައެވެ. އެއީ 2014 އަދި 2018 ގެ ވޯލްޑް ކަޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް