މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ "ބޮޑެއް" ހައްޔަރުކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ބޮޑެއް ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ބެންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން...

08 Nov 2022 | 05:25

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ބޮޑެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ ބެންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މައްސަލައެއްގައި ކަމަށެވެ.

އެމީހާ ވަނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައި އެވެ. އެގޮތުން 170000 ރުފިޔާގެ މުދާ އެކި ދުވަސް މަތިން ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ ހައްޔަރު ކުރީ މިމަހުގެ އެއް ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ 30 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ15 ދުވަސް ޖަހައިދީފައި އެވެ.

ފުލުހުން ބުނީ އެމީހާއަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއްގައި ޝާމިލުވެ ފުޅާދާއިރާއެއްްގައި މިކަން ކުރަމުންދާ މީހެއްކަން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް