ޖުމްހޫރީ މައިދާނުގައި ހުރި ދެ ރުކެއް ކަނޑާލަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މަލޭ ސިޓީ ކައުންސިލުން ބުނީ އެ ރުށްތައް ކަނޑާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިިވާ ކަމަށެވެ. އެ މަސައްކަތް ކުރަނީ މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފުންނެވެ.
އެ ދެ ރުއް ކަނޑާލަން ނިންމީ މާބޮޑަށް ނުރައްކާތެރި ވުމުން ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އެގޮތުން ރުކުގެ މެދުތެރެއިން ހަލާޚުވުމުގެ ސަބަބުން ރުއް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތެވެ.
https://twitter.com/MaleCitymv/status/1589827164069056513
ސިޓީ ކައުންސިލުން ދަނީ ޖުމްހޫރީ މައިދާން ރީތި ޗާލު ތަނެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދޭތެރެ ދޭތެރެއިން ޖުމްހޫރީ މައިދާނުގެ ވިނަ ބަދަލު ކުރުގެ މަސައްކަތް ކުރާއިރު މިހާރުވެސް އެއްބައި އޮތީ ވިނަ ހައްދަން ބަންދުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް