ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމުގެ ކެމްޕެއިން "30އިން 25އަށް" އިފްތިތާޙުކޮށްފި

ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ގައުމީ ކެމްޕެއިން "30 އިން25އަށް" އިފްތިތާހު ކޮށްފި އެވެ. މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ. މިފަދަ ކެމްޕ...

08 Nov 2022 | 03:46

ގައިން ގަޔަށް ނާރާ ބަލިތައް މަދު ކުރުމުގެ ގައުމީ ކެމްޕެއިން "30 އިން25އަށް" އިފްތިތާހު ކޮށްފި އެވެ.

މި ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއެވެ.

މިފަދަ ކެމްޕެއިނެއް ފަށާފައިމިވަނީ ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓު މީހުންނަކީ ގައިން ގަޔަށް ނާރާ ބަލީގައި މަރުވާ މީހުން ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ. އެފަދަ ބަލިތަކުގެ ތެރޭގައި ހިމެނެނީ ސްޓްރޯކް، ހިތުގެ ބަލި، ކެންސަރު، ފުއްޕާމޭގެ ދާއިމީ ބަލި، ހަކުރު ބަލި އަދި ކިޑްނީ ބައްޔާ ނަފްސާނީ ބަލިތަކެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރާއި އަމިއްލަ ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެންނެވެ. މި ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ހާއްސަ ސްޓިއަރިން ކޮމެޓީއެއް އެކުލަވާލާނެ އެވެ.

މި ކެމްޕެއިންގެ ދަށުން ދޮރުން ދޮރަށް ހިނގައިގެން މައުލޫމާތު އެއްކޮށް މުޅި ރާއްޖޭގެ ޙާލަތު ރަމްޒުކޮށްދޭ ސާވޭއެއް ކަމަށް މައުލޫމާތުދެ އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ 2020އިން 2021އަށް ކުރިއަށްގެންދިޔަ "ސްޓެޕްސް ސަރވޭ"ގެ ނަތީޖާ އިޢުލާންކުރުމާއި، އަދި "ނެޝަނަލް މަލްޓި ސެކްޓޯރަލް އެކްޝަން ޕްލޭން" އިފްތިތާޙުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް