ރައީސް ސޯލިހްގެ ޑައެޓު: ހެނދުނު އޯޓްސް ސްމޫތީއާއި ފަޅޯކޮޅެއް، މެންދުރު ގަރުދިޔަ އާއި ބަތް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ޑައިޓު ކުރުގޮތަކަށް ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ. ރައީސް ސޯލިހްގެ ޑައެޓް ރައްޔިތުންނާއި ހިއްސާ ކުރެއްވީ ...

08 Nov 2022 | 00:33

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ ޑައިޓު ކުރުގޮތަކަށް ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

ރައީސް ސޯލިހްގެ ޑައެޓް ރައްޔިތުންނާއި ހިއްސާ ކުރެއްވީ ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދުވަސް ފައްޓަވަނީ ކަސްރަތުންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ހޭލަނީ ފަތިހު 4:45ގައި ކަމަށާއި އެއަށްފަހު 5:30ގައި ކަސްރަތު ކުރައްވާކަން ފާހަގަކުރެއްވިއެވެ.

"މާގިނަ ހެނދުނުގެ ނާސްތާއެއް އަޅުގަނޑުގެ ނޯވޭ ، އޯޓްސް ސްމޫތީއެއް، ދެން ފަޅޯކޮޅެއް ނިމުނީ، މެންދުރު ގަރުދިޔައާ ބަތާ ރޭގަނޑު ހަތްގަޑި ބައިގެ ކުރިން ކަން، އަޅުގަނޑުގެ ޑައެޓް ނިމުނީ" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ އެ ވައްޓަފާޅިއާއި ގުޅޭގޮތުން އިތުރަށް ވިދާޅުވި ފަހަރެއްގައި އެއީ އެންމެ ރަނގަޅުގޮތްކަމުގައި ނުވެދާނެކަމަށާއި ނަމަވެސް އެކަހަލަ ގޮތެއް ހިފެހެއްޓީމާ މިކަހަލަ ގޮތަކަށް (ފިޓްކޮށް) މީހާ ފެނުމަކީ އެކަށީގެންވާކަމެއް ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް